ތިނަދޫ ކައުންސިލުގެ ރައީސް ހޮވަން ބާއްވާ އިންތިހާބު ކުރިއަށްދަނީ
ވ. ތިނަދޫ ކައުންސިލްގެ ރައީސް ހޮވުމަށް ބާއްވާ ބައި-އިލެކްޝަންގެ ވޯޓުލުން މިއަދު ހެނދުނު ފަށައިގެން ކުރިއަށް އެބަދެއެވެ. މި އިންތިޚާބުގައި ޕީއެންސީގެ ކެންޑިޑޭޓަކާއި އެމްޑީޕީގެ ކެންޑިޑޭޓަކު ވާދަކުރައްވާއިރު، މިއީ އެ ރަށު ކައުންސިލްގެ ކުރީގެ ރައީސް ޝުޖާއު އަލީގެ ގޮނޑި ގެއްލުމާ ގުޅިގެން ބާއްވާ އިންތިޚާބެކެވެ.