އެފްޑީއޭގެ އިންޒާރު:ހުއްދަ ނެތި ވިއްކާ ބޭހުން ފުރާނައަށް ނުރައްކާ
ހަށިގަނޑު ރީތިކުރުމަށާއި ޖިންސީ ކަންކަމަށް ހުއްދަނެތި ވިއްކާ ބޭސްތަކަކީ ފެންވަރު ކަށަވަރުނުވާ ތަކެތި ކަމަށާއި، އޭގެ ސަބަބުން ހިތް ހުއްޓުމާއި ކުއްލި މަރު ފަދަ ނުރައްކާތައް ކުރިމަތިވެދާނެ ކަމަށް އެމްއެފްޑީއޭއިން ވަނީ އިންޒާރު ދީފައެވެ. މިފަދަ ބޭސްތައް ބާޒާރުން ނެގުމުގެ މަސައްކަތް އެ އޮތޯރިޓީން ފަށާފައިވާއިރު، ގަވާއިދާ ހިލާފަށް ބޭސް ވިއްކާ ފަރާތްތަކާ މެދު ގާނޫނީ ފިޔަވަޅު އަޅާނެ ކަމަށްވެސް ބުނެފައިވެއެވެ.