މުޒާހަރާގެ ބައިވެރިންނަށް ޓާގެޓުކޮށް ޕެޕާ ސްޕްރޭ ޖަހައިފި
ނޫސްވެރިންގެ ހައްގުގައި މާލޭގައި ކުރަމުންދާ މުޒާހަރާގެ ބައިވެރިންނަށް އަމާޒުކޮށް، ފުލުހުން ބާރުގެ ބޭނުންކޮށް ޕެޕާ ސްޕްރޭ ޖަހައިފިއެވެ. މުޒާހަރާގެ ބައިވެރިން ރައީސް މުއިއްޒުގެ އިސްތިއުފާއަށް ގޮވަމުންދާއިރު، މިއީ ސަރުކާރުން ވީ ވައުދުތަކާ ހިލާފަށް ހިންގާ އަމަލެއްކަން ގިނަ ބަޔަކު ފާހަގަކުރެއެވެ.