ޔޫކޭގައި ކުދިން ހިމާޔަތް ކުރަން ޑިވައިސްތަކަށް ބަދަލު ގެންނަނީ
ކުޑަކުދިން ބޭނުންކުރާ ޑިވައިސްތަކުން ބަރަހަނާ މަންޒަރުތައް ނުފެންނާނެ ގޮތަށް ސަލާމަތީ ފީޗާތައް ވަރުގަދަކުރުމަށް އިނގިރޭސި ސަރުކާރުން ޓެކް ކުންފުނިތަކަށް ވަނީ އަންގާފައެވެ. ކުރިއަށް އޮތް ތިން މަސް ތެރޭގައި މި ބަދަލުތައް ނުގެނެސްފިނަމަ، ބޮޑެތި ޖޫރިމަނާތަކާއި ޖިނާއީ ދައުވާ ކުރެވޭ ފަދަ ހަރުކަށި ގާނޫނެއް ވުޖޫދުކުރާނެ ކަމުގެ އިންޒާރު ބޮޑުވަޒީރު ވަނީ ދެއްވާފައެވެ.