ޓައިވާން މައްސަލަ: ސަރުކާރުން ޗައިނާއަށް އޮތް ތާއީދު ހާމަކޮށްފި
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ޓައިވާނުގެ ލީޑަރާ މަޝްވަރާކުރައްވަން އުޅުއްވާ ދަނޑިވަޅެއްގައި، ދިވެހި ސަރުކާރުން ވަނީ "ވަން ޗައިނާ ޕްރިންސިޕަލް" އަށް އޮތް ތާއީދު އާކޮށްފައެވެ. މިގޮތުން ޓައިވާނަކީ ޗައިނާގެ ވަކިނުކުރެވޭނެ ބައެއް ކަމަށް ބަލައިގަންނަކަމާއި، ޗައިނާއާއެކު އޮތް ގާތް ގުޅުން ދަމަހައްޓާނެކަމުގެ ޔަގީންކަން ދިވެހި ސަރުކާރުން ވަނީ ދީފައެވެ.