ޓައިވާނުން މިނިވަންކަން އިއުލާން ނުކުރުމަށް ޓްރަމްޕްގެ އިންޒާރެއް
ޓައިވާނުން ރަސްމީކޮށް މިނިވަންކަން އިއުލާންކުރުމަށް ތާއީދު ނުކުރައްވާ ކަމަށާއި، އެ ސަރަހައްދުގެ މަސްލަހަތު ހިމާޔަތްކުރުމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އިންޒާރު ދެއްވައިފިއެވެ. ޗައިނާގެ ރައީސްއާއެކު ބޭއްވި މަޝްވަރާތަކަށްފަހު ޓްރަމްޕް ވިދާޅުވީ ހަނގުރާމައެއްގެ ތެރެއަށް ވަނުމުގެ ބަދަލުގައި ދެ ގައުމުން ވެސް ސުލްހަ އިސްކުރަންޖެހޭ ކަމަށެވެ. އެމެރިކާއިން "ވަން ޗައިނާ" ސިޔާސަތަށް އަމަލުކުރާއިރު، ޓައިވާނަށް ހަތިޔާރު ވިއްކުމާ މެދު ވަރަށް އަވަހަށް ގޮތެއް ނިންމަވާނެ ކަމަށް ވެސް އެމަނިކުފާނު ހާމަކުރެއްވިއެވެ.