ދުނިޔޭގެ މަގުބޫލް އޯޝަންމޭންގެ އޯޕަން ވޯޓާ ރޭހެއް ރާއްޖެ އަށް
ދުނިޔޭގެ އެންމެ ބޮޑު އޯޕަންވޯޓާ ސްވިމިން ފްރެންޗައިސް، އޯޝަންމޭން ގްލޯބަލްގެ އިވެންޓެއް ރާއްޖޭގައި ބާއްވަން ސްވިމް މޯލްޑިވްސް އިން އިއުލާނުކޮށްފައިވާއިރު، މިހާތަނަށް ވެސް ބޮޑު ތަރުހީބެއް ލިބިފައިވާ ކަމަށް މި އިވެންޓްގެ ރާއްޖޭގެ ހޯސްޓް، ސްވިމް މޯލްޑިވްސް އިން ވަނީ ބުނެފައި