ވަގަށް ޗެނަލްތަކެއް ސްޓްރީމް ކުރާ މައްސަލައެއްގައި ދިވެއްސަކު
ސްރީލަންކާގެ ކޮލަމްބޯގައި ވަގަށް ޗެނަލްތައް ސްޓްރީމްކުރި މައްސަލައެއްގައި ދިވެއްސަކާއި އިތުރު މީހަކު އެގައުމުގެ ފުލުހުން ވަނީ ހައްޔަރުކޮށްފައެވެ. މި އޮޕަރޭޝަން ހިންގި ތަނުން 50 މިލިއަން ރުޕީސްގެ ސާމާނު އަތުލައިގަނެފައިވާއިރު، މިއީ ހައި ސެކިއުރިޓީ ޒޯނެއްގައި ޓްރެވަލް ކުންފުންޏެއްގެ ނަމުގައި ހިންގަމުންދިޔަ ކަމެކެވެ.