ޖަނާހު ބައިވެރިވެގެން ރާއްޖޭގައި ލަގްޒަރީ ފެރީ ނެޓްވޯކެއް
އެމެރިކާގެ ނޭވިއާ ކުންފުންޏާއި ރާއްޖޭގެ ޖޭއައިއެޗް ގްލޯބަލް ގުޅިގެން، 100 މިލިއަން ޑޮލަރުގެ އިންވެސްޓްމަންޓަކާއެކު ރާއްޖޭގައި ތިމާވެއްޓާ ރައްޓެހި ޒަމާނީ ފެރީ ނެޓްވޯކެއް ގާއިމުކުރުމަށް ވަނީ ނިންމާފައެވެ. މި މަޝްރޫއުގެ ދަށުން 100 ހައިޑްރޯފޮއިލް އުޅަނދު ބޭނުންކޮށްގެން ރިސޯޓްތަކާއި މީހުން ދިރިއުޅޭ ރަށްތައް ގުޅާލުމަށް ހަމަޖެހިފައިވާއިރު، އަމަލީ މަސައްކަތް 2026 ވަނަ އަހަރު ފެށުމަށް ވަނީ ތާވަލުކުރެވިފައެވެ.