ތައިލެންޑުން ޑައިނަސޯގެ އާ ބާވަތެއް ދެނެގަނެފި
ތައިލެންޑުން ފެނުނު ކަށިތަކަކުން، ދެކުނު އިރުމަތީ އޭޝިއާއިން މިހާތަނަށް ފެނުނު އެންމެ ބޮޑު ޑައިނަސޯގެ އައު ބާވަތް ކަމަށްވާ "ނާގަޓައިޓަން ޗައްޔަޕޫމެންސިސް" ސައިންސްވެރިން ދެނެގަނެފިއެވެ. ގާތްގަނޑަކަށް 27 ޓަނުގެ ބަރުދަން ހުރި މި ޑައިނަސޯއަކީ މީގެ 100 އާއި 120 މިލިއަން އަހަރު ކުރިން އުޅުނު، ދިގު ކަރުލީ ފަތްޕިލާވެލި ކައިއުޅޭ ބާވަތެކެވެ.