ފެނަކައިން 9.8 މިލިއަން ޖަމާވިކަން އިބްރާހިމް އަކަށް ނޭނގޭ
ކޮލަމާފުށީ ދާއިރާގެ މެންބަރު އިބްރާހިމް ދީދީ އާއި އޭނާގެ އަންހެނުން އިހުސާނާ ޝަރީފްގެ ހިއްސާ އޮންނަ ޑީ އެންޑް ވީ އިންވެސްޓްމަންޓަށް ދެ ޓްރާންސެކްޝަނެއް މެދުވެރިކޮށް 9،804،240ރ. ފެނަކައިން ޖަމާކުރީ އޭޕްރިލް 16، 2024 ގަ އެވެ. މަޖިލިސް އިންތިހާބު ބޭއްވީ އޭޕްރިލް 21، 2024 ގަ އެވެ.