ރާއްޖެ-އެމެރިކާ އަސްކަރީ ގުޅުން ފުޅާކުރަން މަޝްވަރާ
ރާއްޖެ އާއި އެމެރިކާގެ މޮންޓާނާ ނޭޝަނަލް ގާޑާ ދެމެދު އޮންނަ އަސްކަރީ ގުޅުން އިތުރަށް ބަދަހިކޮށް، "ސްޓޭޓް ޕާޓްނާޝިޕް ޕްރޮގްރާމް" ފުޅާކުރުމާ ގުޅޭގޮތުން ދެ ގައުމުން މަޝްވަރާކޮށްފިއެވެ. މި މަޝްވަރާތައް ކުރިއަށްދިޔައީ ރާއްޖެއިން އެމެރިކާއަށް ކަނޑައަޅާފައި ހުންނަ އެމްބެސެޑަރާއި މޮންޓާނާގެ އާ އެޖުޓަންޓް ޖެނެރަލް ބޭއްވި ބައްދަލުވުމެއްގައެވެ. މި ޕްރޮގްރާމަކީ އެމެރިކާގެ އަސްކަރީ ތަޖުރިބާގެ އަލީގައި ދިވެހި ސިފައިންނަށް ތަމްރީނު ދިނުމަށް 2022 ވަނަ އަހަރުން ފެށިގެން ކުރިއަށްގެންދާ ހަރަކާތެކެވެ.