އިރާނުގެ ހަމަލާއަށް ރައްދު ނުދިނުމަށް ޓްރަމްޕް ގޮވާލައްވައިފި
އިރާނުން އިޒްރޭލަށް ދިން މިސައިލް ހަމަލާތަކާ ގުޅިގެން، ރައްދު ހަމަލާ ނުދިނުމަށާއި އިތުރު ހަނގުރާމައަކަށް ފުރުސަތު ނުދިނުމަށް ޑޮނަލްޑް ޓްރަމްޕް ބެންޖަމިން ނަތަންޔާހޫއަށް ގޮވާލައްވައިފިއެވެ. ޓްރަމްޕް ވިދާޅުވީ ދެ ގައުމުން ވެސް މިހާރު ހަމަލާ ބަދަލުކޮށްފައިވާތީ، ސަރަހައްދީ މަސްލަހަތަށްޓަކައި ސުލްހަވެރި ހައްލެއް ހޯދައި މި މައްސަލަ މިހިސާބުން ނިންމާލަން ޖެހޭ ކަމަށެވެ.