ބަފާ މީހާ ބޯ ބަނގުރަލުގެ ނުރައްކާ ބޮޑު
ދަރިފުޅު އުފަންވާއިރު ހުންނަ ސިއްހީ މައްސަލަތަކާއި "ފީޓަލް އެލްކަހޮލް ސިންޑްރޯމް" އަށް މައިމީހާގެ އިތުރުން ބަފާ މީހާ ބޯ ބަނގުރަލުގެ ސަބަބުން ނޭދެވޭ އަސަރުކުރާކަން އާ ދިރާސާތަކުން ވަނީ ހާމަވެފައެވެ. ދަރިމައިވުމުގެ ކުރިން ބަފާ މީހާ ބަނގުރާ ބޭނުންކުރުމަކީ ކުއްޖާގެ މޫނުމަތީގެ ބައްޓަމަށާއި، ހިތުގެ ބަލިތަކާއި، އުޅުމާއި ދަސްކުރުމުގެ ބާރަށް ބޮޑެތި ގެއްލުންތަކެއް ލިބިދާނެ ކަމެކެވެ.