އެމްއެޗް370 ހޯދުމުގެ އޮޕަރޭޝަން އެއް އަހަރަށް ދިގުދަންމާލައިފި
ގެއްލިފައިވާ މެލޭޝިއާ އެއާލައިންސްގެ އެމްއެޗް370 ފްލައިޓް ހޯދުމަށް އޯޝަން އިންފިނިޓީ ކުންފުންޏާއެކު ވެފައިވާ އެއްބަސްވުމުގެ މުއްދަތު، މެލޭޝިއާ ސަރުކާރުން އިތުރު އެއް އަހަރަށް ދިގުދަންމާލައިފިއެވެ. މި ނިންމުމަކީ ބޯޓު ހޯދުމަށް ކަނޑައަޅާފައިވާ ސަރަހައްދުގެ ތެރެއިން ބާކީ އޮތް ބައި ބަލައި ނިންމުމަށާއި، ފަސިންޖަރުންގެ އާއިލާތަކަށް ޖަވާބެއް ހޯދައިދިނުމަށް ނިންމި ނިންމުމެކެވެ. އައު އެއްބަސްވުމުގެ ދަށުން ބޯޓު ހޯދުމުގެ މަސައްކަތް 2027 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށް ކުރިއަށްދާނެއެވެ.