އެންސްޕާއިން ބޭސްފަރުވާއަށް އެހީ ދިނުން ހުއްޓާލައިފި
އެންސްޕާއިން "މެޑިކަލް ވެލްފެއާ" ގެ ނަމުގައި ދެމުންދިޔަ 16 ޚިދުމަތެއް ހުއްޓާލައި، އެ ހުރިހާ ޚިދުމަތްތަކެއް އާސަންދައިގެ ދަށަށް ބަދަލުކުރުމަށް ސަރުކާރުން ނިންމައިފިއެވެ. މި ބަދަލަށް މާދަމާއިން ފެށިގެން އަމަލުކުރަން ފަށާއިރު، މީގެ ބޭނުމަކީ ޚިދުމަތް ހޯދުމުގައި އާންމުންނަށް ކުރިމަތިވާ ދަތިތަކަށް ހައްލެއް ހޯދައިދިނުމެވެ.