މެތިއު ޕެރީ
2 ލިޔުން
ލުއިއަދަދުޕެރީގެ އެސިސްޓެންޓް 41 މަހަށް ޖަލަށް
މެތިއު ޕެރީގެ މަރާ ގުޅިގެން އޭނާގެ އެސިސްޓެންޓް ކެނެތު އިވަމާސާ 41 މަސް ދުވަހަށް ޖަލަށްލުމަށް އެމެރިކާގެ ކޯޓަކުން ހުކުމްކޮށްފިއެވެ. އިވަމާސާ ވަނީ އެއްވެސް ސިއްހީ ތަމްރީނެއް ނެތި ޕެރީގެ ހަށިގަނޑަށް ކެޓަމިން އިންޖެކްޓްކޮށް، ޑޮކްޓަރުންނާ ގުޅިގެން ގަވާއިދާ ހިލާފަށް މަސްތުވާތަކެތި ހޯދައިދިން ކަމަށް އިއުތިރާފުވެފައެވެ. ޖަލު ހުކުމުގެ އިތުރުން އޭނާ 10,000 ޑޮލަރުން ޖޫރިމަނާކޮށް، ހެކި ނައްތާލަން މަސައްކަތް ކުރިކަން ވެސް ފަނޑިޔާރު ވަނީ ފާހަގަކުރައްވާފައެވެ.
ދުނިޔެމެތިއު ޕެރީގެ ކައުންސިލަރު ދެ އަހަރަށް ޖަލަށްލާން ހުކުމް ކޮށްފި
ފްރެންޑްސްގެ ތަރި މެތިއު ޕެރީ މަރުވި ހާދިސާގައި، އޭނާއަށް ކެޓަމިން ފޯރުކޮށްދިން ކައުންސިލަރު އެރިކް ފްލެމިން ދެ އަހަރަށް ޖަލަށްލުމަށް އެމެރިކާގެ ކޯޓަކުން ހުކުމްކޮށްފިއެވެ. ފްލެމިން ވަނީ "ކެޓަމިން ކުއީން" އަތުން މަސްތުވާތަކެތި ހޯދައި ޕެރީއަށް ފޯރުކޮށްދިން ކަމަށް އިއުތިރާފުވެ، އޭނާގެ އަމަލުތަކަށް މައާފަށް އެދިފައެވެ. ޕެރީ މަރުވީ 2023 ވަނަ އަހަރު ކެޓަމިން އޯވަޑޯޒްވުމުގެ ސަބަބުން ކަމަށް ތަހުގީގަށް ވަނީ ހާމަވެފައެވެ.
