މެންބަރުން ހަމަނުވެގެން ނަޝީދު އުފެއްދެވި ޑިމޮކްރެޓްސް އުވާލައިފި
ސިޔާސީ ޕާޓީއެއްގައި ތިބެންޖެހޭ ގާނޫނީ އަދަދު ކަމަށްވާ 3،000 މެންބަރުން ހަމަނުވުމުގެ ސަބަބުން، ކުރީގެ ރައީސް މުހައްމަދު ނަޝީދު އިސްވެ އުފެއްދެވި "ދަ ޑިމޮކްރެޓްސް" އިލެކްޝަންސް ކޮމިޝަނުން މިއަދު އުވާލައިފިއެވެ. ޑިމޮކްރެޓްސްގެ އިތުރުން މޯލްޑިވްސް ލޭބާ އެންޑް ސޯޝަލް ޑިމޮކްރަޓިކް ޕާޓީ ވެސް މެންބަރުން ހަމަނުވެގެން އުވާލާފައިވާއިރު، ރައީސް ނަޝީދު މިހާރު ވަނީ އަލުން އެމްޑީޕީއާ ގުޅިވަޑައިގެންފައެވެ.