މެލޭޝިއާގެ ބޮޑުވަޒީރު އަންވަރު އިބްރާހިމްގެ ދަތުރު
2 ލިޔުން
ފަހުގެ
ހަބަރުމެލޭޝިއާއިން ރާއްޖެއަށް 100 މިލިއަން ޑޮލަރު ހަމަޖައްސައިދެނީ
މެލޭޝިއާގެ ސެންޓްރަލް ބޭންކުން ރާއްޖެއަށް 100 މިލިއަން ޑޮލަރުގެ ފެސިލިޓީއެއް ދިނުމަށް ނިންމާފައިވާކަން އެ ގައުމުގެ ބޮޑުވަޒީރު އަންވަރު އިބްރާހިމް ހާމަކުރައްވައިފި. މި އެހީއަކީ އެމްއެމްއޭ އިން އެދިގެން ދެ ގައުމުގެ މަރުކަޒީ ބޭންކުތަކުގެ މެދުގައި އޮތް އިތުބާރާއި ގުޅުމުގެ ތެރެއިން ހަމަޖައްސައިދޭ ފައިސާއެއް.
ހަބަރުރާއްޖެ އާއި މެލޭޝިއާއާ ދެމެދު ދެ އެމްއޯޔޫއެއްގައި ސޮއިކޮށްފި
މެލޭޝިއާގެ ބޮޑުވަޒީރު ރާއްޖެއަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން، ދިފާއީ ދާއިރާއާއި އިސްލާމީ ކަންތައްތަކާ ބެހޭ ދާއިރާއިން ގުޅުން ބަދަހިކުރުމުގެ ދެ އެއްބަސްވުމެއްގައި ދެ ގައުމުގެ ދެމެދުގައި މިއަދު ސޮއިކުރި. މި އެމްއޯޔޫތަކުގައި ރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ ޑިފެންސް މިނިސްޓަރާއި އިސްލާމިކް މިނިސްޓަރު.
