ކުދިމަގޫ 11.6 މިލިއަން ރުފިޔާއަށް ވިއްކާލަނީ
މާލޭގައި ހުންނަ 830 އަކަފޫޓުގެ މއ. ކުދިމަގޫގެ 11.6 މިލިއަން ރުފިޔާއަށް ނީލަމުގައި ވިއްކާލުމަށް މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އިން ވަނީ އިއުލާންކޮށްފައެވެ. މި ނީލަމުގައި ބައިވެރިވުމަށް އެދޭ ފަރާތްތަކުން 12 އޮގަސްޓް 2026 ގެ ކުރިން ބިޑް ހުށަހަޅަންޖެހޭއިރު، ބިޑް ސެކިއުރިޓީގެ ގޮތުގައި އެއްލައްކަ ރުފިޔާ ބަހައްޓަން ޖެހެއެވެ.