އޭއައި އިންގިލާބުގައި ދިވެހިބަސް ބާކީނުވުން: ސިނެޓެކްސްގެ އަމާޒު
އާންމު ގޮތެއްގައި އޭއައި ތަރައްގީވަނީ ޑިޖިޓަލް ޑޭޓާ ގިނަ ބަސްތަކުގައާއި ގާނޫނީ ނިޒާމު ހަރުދަނާ ގައުމުތަކުގަ އެވެ. ނަމަވެސް ރާއްޖެއަކީ އާބާދީ ކުޑަ، ދިވެހިބަސް ބޭނުންކުރާ މީހުން މަދު އަދި ތާރީހީ ލިޔެކިޔުންތައް ރައްކާކުރެވިފައި ހުރި މިންވަރު މަދު ގައުމަކަށް ވުމަކީ އޭއައި ޓްރެއިން ކުރުމަށް ދިމާވި ބޮޑު ގޮންޖެހުމެކެވެ.