ނަޝީދަށް މަރުހަބާ ކިޔަން އެއާޕޯޓަށް ދިޔަ ހަތް މީހަކު ސަސްޕެންޑު
ކުރީގެ ރައީސް ނަޝީދަށް މަރުހަބާ ކިޔަން ދިޔަ ކޫއްޑޫގެ ތިން މުވައްޒަފަކު ވަޒީފާއިން އެކަހެރިކޮށްފައިވާއިރު، ސިޔާސީ ސަބަބުތަކާ ހުރެ މި ހަފުތާގައި ވަޒީފާއިން ވަކިކުރި ނުވަތަ ސަސްޕެންޑުކުރި މީހުންގެ އަދަދު ވަނީ ހަތަކަށް އަރާފައެވެ. މީގެ ތެރޭގައި އިންތިޚާބީ ކާމިޔާބީ ފާހަގަކުރުމާއި ހައްގުތައް ހޯދަން އަޑުއުފުލި މީހުން ހިމެނޭއިރު، ސަރުކާރުން ވަޒީފާގެ ބިރުދައްކަމުންދާ ކަމަށް ބުނެ ސިޔާސީ އިސް ފަރާތްތަކުން ދަނީ ފާޑުކިޔަމުންނެވެ.