ފިންލެންޑުގެ ކޭވް ޑައިވް ސްޕްޝަލިސްޓުން އަތުވެއްޖެ
ވާވު އަތޮޅު ހޮހޮޅައަކަށް ފީނަން ގޮސް ގެއްލުނު އިޓަލީގެ ހަތަރު ފީނުންތެރިން ހޯދުމުގެ މަސައްކަތަށް އެހީތެރިވުމަށް ފިންލެންޑުގެ ކޭވް ޑައިވް ސްޕެޝަލިސްޓުންގެ ޓީމެއް ރާއްޖެ އަތުވެއްޖެ. މި އޮޕަރޭޝަނުގައި ބައިވެރިވި ދިވެހި ޑައިވަރަކު ނިޔާވުމާ ގުޅިގެން މެދުކަނޑާލާފައިވާ މި މަސައްކަތް، ބޭރުގެ މާހިރުންނާއެކު އަލުން ފެށުމަށް މިހާރު ދަނީ ތައްޔާރުވަމުން.