އިރާނާއެކު ސުލްހަވާން ގާތްވެފައިވާ ކަމަށް ޓްރަމްޕް އިއުލާނުކޮށްފި
އިރާނަށް ދޭން ނިންމި ހަމަލާތައް ކެންސަލްކުރުމަށްފަހު، އެ ގައުމާއެކު ސުލްހައިގެ އެއްބަސްވުމަކާ ގާތްވެފައިވާ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އިއުލާނުކުރައްވައިފިއެވެ. ނަމަވެސް އިރާނުން މި ވާހަކަތައް ދޮގުކުރަމުން ބުނެފައިވަނީ އެމެރިކާއިން އާ ޝަރުތުތަކެއް ކުރިމަތިކުރަމުންދާ ކަމަށާއި، އެއްވެސް ކަމެއް އަދި ފައިނަލް ނުވާ ކަމަށެވެ. މި އެއްބަސްވުމުގެ ސަބަބުން އިރާނަށް ނިއުކްލިއާ ހަތިޔާރު ނުލިބޭނެކަން ކަށަވަރުވާނެ ކަމަށް ޓްރަމްޕް ވިދާޅުވާއިރު، އިޒްރޭލުން ވަނީ މި އެއްބަސްވުމުގައި އެ ގައުމުގެ ބައިވެރިވުމެއް ނެތްކަމަށް ބުނެފައެވެ.