133 ފަހަރު ޖަންގްކޫކްގެ ގޭގެ ރަނގަބީލު ޖެހި އަންހެނަކު ޖަލަށް
ބީޓީއެސްގެ ލަވަކިޔުންތެރިޔާ ޖަންގްކޫކަށް ފާރަލައި، އެއް ދުވަހެއްގެ ތެރޭގައި 133 ފަހަރު އޭނާގެ ގޭގެ ރަނގަބީލު ޖެހި ބްރެޒިލްގެ އަންހެނަކު އެއް އަހަރަށް ޖަލަށްލުމަށް ދެކުނު ކޮރެއާގެ ކޯޓަކުން ހުކުމްކޮށްފިއެވެ. މި ހުކުމް ދެ އަހަރު ދުވަހުގެ މުއްދަތަށް ފަސްކޮށްފައިވާއިރު، ކޯޓުގެ އަމުރުތަކާ ޚިލާފުވެ ތަކުރާރުކޮށް އޭނާގެ ގެއަށް ގޮސް އުނދަގޫކުރި މި އަންހެންމީހާ އެ ގައުމުން ޑީޕޯޓްކޮށްލާނެ ކަމަށް ބެލެވެއެވެ.