ޕެރީގެ އެސިސްޓެންޓް 41 މަހަށް ޖަލަށް
މެތިއު ޕެރީގެ މަރާ ގުޅިގެން އޭނާގެ އެސިސްޓެންޓް ކެނެތު އިވަމާސާ 41 މަސް ދުވަހަށް ޖަލަށްލުމަށް އެމެރިކާގެ ކޯޓަކުން ހުކުމްކޮށްފިއެވެ. އިވަމާސާ ވަނީ އެއްވެސް ސިއްހީ ތަމްރީނެއް ނެތި ޕެރީގެ ހަށިގަނޑަށް ކެޓަމިން އިންޖެކްޓްކޮށް، ޑޮކްޓަރުންނާ ގުޅިގެން ގަވާއިދާ ހިލާފަށް މަސްތުވާތަކެތި ހޯދައިދިން ކަމަށް އިއުތިރާފުވެފައެވެ. ޖަލު ހުކުމުގެ އިތުރުން އޭނާ 10,000 ޑޮލަރުން ޖޫރިމަނާކޮށް، ހެކި ނައްތާލަން މަސައްކަތް ކުރިކަން ވެސް ފަނޑިޔާރު ވަނީ ފާހަގަކުރައްވާފައެވެ.