ޖެކްލިންގެ މައްޗަށް ދައުވާކޮށް ޝަރީއަތް ހިންގަން ނިންމައިފި
ސުކޭޝް ޗަންދުރަޝޭކަރާ ގުޅުންހުރި މަނީ ލޯންޑަރިންގެ މައްސަލައިގައި، ބޮލީވުޑްގެ ބަތަލާ ޖެކްލިން ފެނާންޑޭޒްގެ މައްޗަށް ދައުވާކޮށް ޝަރީއަތް ހިންގުމަށް އިންޑިއާގެ ކޯޓަކުން ނިންމައިފިއެވެ. ޖެކްލިންގެ މައްޗަށް މި ދައުވާ ކުރަނީ ސުކޭޝްއަކީ ކުށްވެރިއެއްކަން އެނގިހުރެ، އޭނާގެ އަތުން އަގުބޮޑު ހަދިޔާތަކާއި ފައިސާ ހޯދާފައިވާ ކަމަށް ތުހުމަތު ކުރެވޭތީއެވެ. އޭނާގެ މައްޗަށް ދައުވާ ކުރެވޭވަރަށް ހެކި ހުރި ކަމަށް ކޯޓުން ނިންމި ނަމަވެސް، ޖެކްލިން ވަނީ މި ތުހުމަތުތަކަށް އިންކާރުކޮށްފައެވެ.