ކުރިއަށް އޮތް 10 އަހަރު ތެރޭ "އިންސާނުން ނެތިދިއުމުގެ ބިރު"
އޭއައި ޓެކްނޮލޮޖީ ހަލުވިކަމާއެކު ކުރިއަރަމުންދާތީ، ކުރިއަށް އޮތް 10 އަހަރު ތެރޭގައި އިންސާނުން ނެތިދިއުމުގެ 10 އިންސައްތަ ފުރުސަތު އޮތް ކަމަށް މާހިރުން އިންޒާރުދެއެވެ. އިންސާނުންގެ ބާރުގެ ދަށުން ނެއްޓިފައިވާ "ސުޕަހިއުމަން" ނިޒާމުތަކެއް އުފެދި، އޭގެ ސަބަބުން އިންސާނިއްޔަތަށް ބޮޑެތި ނުރައްކާތަކެއް ކުރިމަތިވެދާނެ ކަމަށް މި ދާއިރާގެ ދިރާސާވެރިން ގަބޫލުކުރެއެވެ.