އައްޑޫ ޑިޖިޓަލް ހަބްގެ މަސައްކަތް ފަށައިފި
އައްޑޫ ސިޓީ ކައުންސިލްގެ ޚިދުމަތްތައް ޑިޖިޓަލްކޮށް ފޯރުކޮށްދިނުމަށްޓަކައި "އައްޑޫ ޑިޖިޓަލް ހަބް" ތަރައްޤީކުރުމުގެ މަސައްކަތް ދިވެހި ކުންފުންޏެއް ކަމަށްވާ އޮކްސީކާއިން ފަށައިފިއެވެ. މި މަޝްރޫޢުގެ ދަށުން 65 އަށް ވުރެ ގިނަ ޚިދުމަތް އޮންލައިންކޮށް ލިބޭނެ އިންތިޒާމު ހަމަޖެހި، ކައުންސިލްގެ އިދާރީ މަސައްކަތްތަކަށާއި ރައްޔިތުންނަށް ބޮޑެތި ލުއިފަސޭހަތަކެއް ލިބިގެންދާނެއެވެ.