މަހުދީގެ ޖަނާޒާ މިރޭ ރަސްމީ އިއްޒަތުގައި އިސްލާމީ މަރުކަޒުގައި
އިޓަލީގެ ޑައިވަރުން ހޯދުމުގެ އޮޕަރޭޝަނުގައި އުޅެނިކޮށް ނިޔާވި ސްޓާފް ސާޖަންޓް މުހައްމަދު މަހުދީގެ ޖަނާޒާ، މިރޭ 10:00 ގައި ސިފައިންގެ ރަސްމީ އިއްޒަތުގައި އިސްލާމީ މަރުކަޒުގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. ކަށުނަމާދަށްފަހު އޭނާ ފަސްދާނުލުމަށް ހަމަޖެހިފައިވަނީ މާލޭ އާސަހަރާގައެވެ. މަހުދީ ނިޔާވިއިރު އޭނާގެ ދެ އަނބިންނާއި ދެ ދަރިން ދުނިޔޭގައި އެބަ ތިއްބެވެ.