ކުރީގެ ކޮންޓްރޯލަރު ޝަމްއާން 25 އަހަރަށް ޖަލަށްލާން ހުކުމްކޮށްފި
ކުރީގެ އިމިގްރޭޝަން ކޮންޓްރޯލަރު ޝަމްއާން ވަހީދު އެއް އަހަރަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން މިއަދު ވަނީ ހުކުމްކޮށްފައެވެ. މި ހުކުމާ ގުޅިގެން ޝަމްއާން ވިދާޅުވީ މިއީ އޭނާ ފްރޭމްކޮށްގެން ކޮށްފައިވާ ހުކުމެއް ކަމަށާއި، މިކަން ފެށުނީ ސަރުކާރުގެ ތެރޭގައި ހުރި ކޮރަޕްޝަންގެ މައްސަލަތަކެއް ރައީސުލްޖުމްހޫރިއްޔާއަށް ހުށަހެޅުމުން ކަމަށެވެ.