ގަވާއިދާ ހިލާފު 21 ބޭހެއްގެ ލިސްޓު އާންމުކޮށްފި
ރާއްޖެއަށް ގަވާއިދާ ހިލާފަށް އެތެރެކޮށް އޮންލައިންކޮށް އަދި ފިހާރަތަކުގައި ވިއްކަމުންދާ 21 ބޭހެއްގެ ލިސްޓު އާންމުކޮށް، އެ ތަކެތި ބޭނުންކުރުމަކީ ސިއްހީ ބޮޑު ނުރައްކަލެއް ކަމުގެ އިންޒާރު އެމް.އެފް.ޑީ.އޭ އިން ދީފިއެވެ. މި ލިސްޓުގައި އާންމު ބަލިތަކަށް ބޭނުންކުރާ ބޭހާއި، ހަންގަނޑު ރީތިކުރުމަށާއި ޖިންސީ ބަލިކަށިކަމަށް ބޭނުންކުރާ ތަކެތި ހިމެނޭއިރު، މިއީ އެ އޮތޯރިޓީގައި ރަޖިސްޓްރީނުކޮށް އަދި ފެންވަރު ކަށަވަރުނުކޮށް ވިއްކާ ތަކެތި ކަމަށް އެ އިދާރާއިން ހާމަކުރެއެވެ.