އިނގިރޭސިވިލާތާއެކު ހައިޑްރޯގްރަފީއާ ބެހޭ މަޝްވަރާތަކެއް
ދިވެހި ސަރުކާރުން އިނގިރޭސިވިލާތާއެކު ހައިޑްރޯގްރަފީ އާއި އަސްކަރީ ގުޅުން ބަދަހިކުރުމާ ގުޅޭގޮތުން މުހިންމު މަޝްވަރާތަކެއް ބާއްވައިފިއެވެ. މި ބައްދަލުވުމުގައި ހައިޑްރޯގްރަފީގެ އިތުރުން ޓެރަރިޒަމާ ދެކޮޅަށް މަސައްކަތް ކުރުމާއި، ސިފައިން ތަމްރީނު ކުރުމާއި ކަނޑުގެ ސަލާމަތާ ބެހޭގޮތުން ދެ ގައުމުން ވާހަކަދައްކާފައިވެއެވެ.