ނޫސްވެރިން މިނިވަންކުރަން ހިއުމަން ރައިޓްސް ވޮޗުން ގޮވާލައިފި
ކޯޓު އަމުރަކާ ހިލާފުވި ކަމަށް ބުނެ "އަދަދު" ނޫހުގެ ދެ ނޫސްވެރިން ޖަލަށްލާފައިވާތީ، އެ މީހުން މިނިވަންކޮށް ނޫސްވެރިންނަށް ކުރާ ދައުވާތައް އަނބުރާ ގެންދިއުމަށް ހިއުމަން ރައިޓްސް ވޮޗުން ގޮވާލައިފިއެވެ. އެ ޖަމިއްޔާއިން ބުނީ މިއީ ނޫސްވެރިކަމުގެ މިނިވަންކަމަށް އޮތް ބިރެއް ކަމަށާއި، ސަރުކާރުން މިފަދަ ނުރައްކާތެރި ފިޔަވަޅުތައް އެޅުން ހުއްޓާލަންޖެހޭ ކަމަށެވެ.