ޗައިނާގެ އެވަގްރޭންޑް ކުންފުނީގެ ބާނީ އުމުރަށް ޖަލަށް
ޗައިނާގެ އެވަގްރޭންޑް ކުންފުނީގެ ބާނީ ހުއީ ކާ ޔަން، ޚިޔާނާތާއި ރިޝްވަތުގެ މައްސަލަތަކުގައި އުމުރަށް ޖަލަށްލުމަށާއި އޭނާގެ ހުރިހާ މުދަލެއް ދައުލަތަށް ނެގުމަށް ކޯޓުން ވަނީ ހުކުމްކޮށްފައެވެ. މީގެ އިތުރުން، ރެކޯޑުތައް އޮޅުވާލުމާއި ދަރަނި ސިއްރުކުރި މައްސަލައިގައި އޭނާގެ ކުންފުނިތައް ބޮޑު އަދަދަކުން ޖޫރިމަނާކޮށް، ކުންފުނީގެ އެހެން އިސްވެރިންނަށް ވެސް ވަނީ ޖަލު ހުކުމް އިއްވާފައެވެ.