އިޒްރޭލް ސިފައިންގެ މީހަކު ހައްޔަރު ކުރަން އިންޑިއާއަށް ފިއްތުން
ގާޒާގައި ހަނގުރާމައިގެ ޖަރީމާ ހިންގި ކަމަށް ތުހުމަތުކުރެވޭ އިޒްރޭލުގެ ރިޒާވް ސިފައިންގެ މީހަކު އިންޑިއާގައި ޗުއްޓީ ހޭދަކުރަމުންދާތީ، އޭނާ ހައްޔަރުކުރުމަށް "ހިންދު ރަޖަބް ފައުންޑޭޝަން" އިން އިންޑިއާ ސަރުކާރަށް ގޮވާލައިފިއެވެ. އެ ޖަމިއްޔާއިން ބުނާގޮތުގައި، ގާޒާގެ އާންމުންގެ ގެދޮރު ސުންނާފަތިކުރުމުގައި ބައިވެރިވި މި މީހާއާ މެދު ބައިނަލްއަގުވާމީ މުއާހަދާތަކުގެ ދަށުން ފިޔަވަޅު އެޅުމަކީ އިންޑިއާގެ ގާނޫނީ މަސްއޫލިއްޔަތެކެވެ.