ރަސްމިއްޔާތެއް ބާއްވައި އައްސޭރި ޖަލުގެ ބަދިގޭގެ ބިންގާ އަޅައިފި
ކ. ހިންމަފުށީ އައްސޭރި ޖަލުގައި އާ ބަދިގެއެއް އެޅުމުގެ ބިންގާ ހޯމް މިނިސްޓަރާއި ކޮމިޝަނަރ އޮފް ޕްރިޒަންސް އިއްޔެ އަޅުއްވައިދެއްވައިފިއެވެ. މީގެ އިތުރުން، ޖަލު އޮފިސަރުންނާއި ކުށްވެރިންގެ މަސައްކަތުން ބިނާކުރި އެ ޖަލުގެ އާ އޮފީސް އިމާރާތް ވެސް މިނިސްޓަރު ވަނީ ހުޅުއްވައިދެއްވާފައެވެ.