ހައިވޭގައި ޕިކަޕެއް ދަށުވެ، މީހަކު މަރުވެއްޖެ
ހުޅުމާލެއިން މާލެއަށް ދަތުރުކުރާ ހައިވޭގައި ސައިކަލެއް ކަހާލައިގެން ވެއްޓި، ޕިކަޕެއްގެ ދަށުވެ މީހަކު މަރުވެއްޖެއެވެ. މިރޭ ހިނގި މި ހާދިސާގެ މައުލޫމާތު ފުލުހުންނަށް ލިބިފައިވަނީ 10:12 ހާއިރު ކަމަށާއި، މި މައްސަލަ މިހާރު ދަނީ ތަހުގީގު ކުރަމުން ކަމަށް ފުލުހުން ބުންޏެވެ.