ހެލްޕް-ޓު-ބިލްޑް ސްކީމް އަންނަ އާދީއްތަ ދުވަހު ހުޅުވާލަނީ
އަމިއްލަ ބިމުގައި ގެދޮރު އެޅުމަށާއި ނުނިމި ހުރި އިމާރާތްތައް ނިންމުމަށް އެހީވުމަށް ސަރުކާރުން ތައާރަފުކުރި "ހެލްޕް-ޓު-ބިލްޑް" ސްކީމަށް ފޯމު ހުށަހެޅުމުގެ ފުރުސަތު އަންނަ އާދީއްތަ ދުވަހު "ހިޔާވެހި ޕޯޓަލް" އިން ހުޅުވާލާނެ. މި ސްކީމުގެ ދަށުން ރަށްރަށުގެ ގޯތިތަކަށް 200,000 ރުފިޔާ އަދި މާލޭގެ ގޯތިތަކަށް އެއް މިލިއަން ރުފިޔާއާ ހަމައަށް ހިލޭ އެހީ ދޭނެ.