ހުލާސާކޮށް އިއްޔެ: ރަސްމާލެ މަޝްރޫއާ މެދު އުފެދިފައިވާ ސުވާލުތައް
ރަސްމާލެ މަޝްރޫއުގެ ދަށުން ބިން ކުއްޔަށް ދިނުމާއި ސްކޫލްތައް ގާއިމުކުރުމާ ގުޅޭގޮތުން ސަރުކާރުގެ ބަހާއި އަމަލާ ދެމެދު ފަރަގުތަކެއް ހުރުމުން ގިނަ ކަންބޮޑުވުންތަކެއް ވަނީ އުފެދިފައެވެ. މީގެ އިތުރުން، ބޭރުގެ ޓުއާ އޮޕަރޭޓަރުންގެ އަތުން ނަގާ ޖީއެސްޓީ އުވާލަން ނިންމުމާއި، ދައުލަތުގެ މުއައްސަސާތަކުގައި ހުޅުޖަހަން ހިތްވަރުދިން ކުރީގެ ޑެޕިއުޓީ މިނިސްޓަރަކު ހައްޔަރުކުރުން ހިމެނެއެވެ.