"އެޑްވަކަސީ ޗެމްބާސް އިން މަސައްކަތްކުރަނީ ހަގީގަތް ފޮރުވަން"
ހަންބޯ ކުންފުނި ވުޖޫދުގައި ނެތް ކަމަށް ބުނެ އެޑްވަކަސީ ޗެމްބާސްއިން ފަތުރަނީ ދޮގު ޚަބަރުތަކެއް ކަމަށާއި، އެއީ ހަގީގަތް އޮޅުވާލުމަށް ކުރާ މަސައްކަތެއް ކަމަށް އެ ކުންފުނިން ބުނެފި. ހަންބޯއިން ތުހުމަތުކުރާ ގޮތުގައި އެ ލޯފާމުން މަސައްކަތް ކުރަނީ ހަސަން މަމްދޫހުގެ ނިވާފަތްގަނޑެއްގެ ގޮތުގައި ތިބެ، މުވައްކިލުންނަށް ޒިންމާދާރުކަން ކުޑަ ގޮތަކަށް.