މަސްތުވާތަކެތީގެ "އައްޑާއެއް" ބަންދުކުރަން އަމުރެއް
މަސްތުވާތަކެތި ބޭނުންކުރާ "އައްޑާތައް" ބަންދުކުރުމަށް ގާނޫނަށް ގެނައި އިސްލާހުގެ ދަށުން، މާލޭގެ ގެއެއް 90 ދުވަހަށް ބަންދުކުރުމަށް ކްރިމިނަލް ކޯޓުން ފުރަތަމަ ފަހަރަށް އަމުރެއް ނެރެފި އެވެ. މި އަމުރަކީ މަސްތުވާތަކެތީގެ ވަބާއާ ދެކޮޅަށް ފުލުހުން ކުރާ މަސައްކަތަށް ލިބުނު ބޮޑު ކުރިއެރުމެއް ކަމަށް ފުލުހުން ވިދާޅު ވެ އެވެ.