އޭއައިއާއެކު "ސިރީ" އަށް ގެންނަ ބޮޑު ބަދަލު ދައްކާލައިފި
އެޕަލްގެ އަހަރީ ކޮންފަރެންސްގައި އޭއައިގެ އެހީގައި "ސިރީ" އަށް ބޮޑެތި ބަދަލުތަކެއް ގެނެސް، ބޭނުންކުރާ މީހާގެ މައުލޫމާތަށް ބިނާކޮށް އެހީތެރިކަން ފޯރުކޮށްދޭނެ ގޮތްތައް ދައްކާލައިފިއެވެ. މީގެ އިތުރުން ކުޑަކުދިންގެ ރައްކާތެރިކަމަށް އައު ފީޗާތަކެއް ތައާރަފުކުރިއިރު، މިއީ ސީއީއޯ ޓިމް ކުކް މަގާމުން ވަކިވެވަޑައިގަތުމުގެ ކުރިން ބައިވެރިވެވަޑައިގަންނަވާ ފަހު ކޮންފަރެންސެވެ.