ދަންވަރު ކެއުމުގެ ނުރައްކާ
ދަންވަރު ނުވަތަ ނިދާ ގަޑިއާ ގާތްކޮށްފައި ކެއުމަކީ ހަށިގަނޑުގެ މެޓަބޮލިޒަމް ދަށްވެ، ކާނާ ހަޖަމުކުރުމަށް ހަކަތަ ހޭދަވާތީ ނިދީގެ އަރާމު ގެއްލި ބަރުދަން އިތުރުވާ ކަމެއް. މީގެ އިތުރުން، ކެއުމަށްފަހު ވަގުތުން އޮށޯތުމަކީ މޭ އެންދުމާއި އެސިޑް ރިފްލަކްސް ފަދަ ސިއްހީ މައްސަލަތަކަށް މަގުފަހިވާ ނުރައްކާތެރި އާދައެއް.