ގަދަކަމުން ކާރު އަތުލައިގެން ގޮސް ނުރައްކާތެރި އެކްސިޑެންޓެއް
ފުވައްމުލަކުގައި މަސްތުގެ ހާލަތުގައި ހުރި މީހަކު ގަދަކަމުން ކާރެއް އަތުލައިގެން ދުއްވަނިކޮށް، ސައިކަލެއްގައި ޖެހި ހިނގި އެކްސިޑެންޓެއްގައި އަންހެނަކަށާއި ކުޑަކުއްޖަކަށް އަނިޔާވެއްޖެ. މި ހާދިސާއާ ގުޅިގެން 35 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށްފައިވާއިރު، ފުލުހުން ދަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުން.