ހުލާސާކޮށް އިއްޔެ: ކޮންގްރެސްގެ ނަތީޖާއާއި ނުފޫޒުގެ ތުހުމަތު
ޕީއެންސީ ކޮންގްރެސްގެ އިންތިޚާބުގެ ނަތީޖާ ކުރިން ލީކުވުމާއި، ފަސްޓް ލޭޑީއާއި ސަރުކާރުގެ އިސްވެރިން އިންތިޚާބަށް ނުފޫޒު ފޯރުވިކަމުގެ ބޮޑެތި ތުހުމަތުތަކެއް ވަނީ ފެންމަތިވެފައެވެ. މީގެ އިތުރުން ދައުލަތުގެ މީޑިއާގެ އިސްވެރިން ސިޔާސީ މަގާމުތަކަށް އިންތިޚާބުވުމާއި، ޓޫރިޒަމް ޓެކްސްއަށް ގެންނަ ބަދަލުތަކާ ގުޅިގެން ރާއްޖޭގެ އިގުތިސާދަށް ކުރިމަތިވެދާނެ ގޮންޖެހުންތަކުގެ ކަންބޮޑުވުންތައް ވަނީ އިތުރުވެފައެވެ.