ހުލާސާކޮށް އިއްޔެ: ސައީދުގެ ދޮގު، ޑޮލަރުގެ ތާށިކަން އަދި ރަސްމާލެ
ބީއެމްއެލްގެ އޮންލައިން ވިޔަފާރީގެ ދަތިތައް ހައްލުވެފައިވާ ކަމަށް މިނިސްޓަރު ސައީދު ވިދާޅުވެފައިވާއިރު، އެ ބޭންކަށް މިއަހަރުގެ ފުރަތަމަ ނުވަ މަހު ރެކޯޑު ފައިދާއެއް ލިބި ފޯބްސްގެ ގަދަ ލިސްޓުން ޖާގަ ހޯދައިފިއެވެ. އަދި ބޭސްފަރުވާއަށް ބޭރަށްދާ މީހުންނަށް ޑޮލަރު ދޫކުރުން ވަކި ގައުމުތަކަކަށް އެމްއެމްއޭއިން ހަނިކޮށްފައިވާއިރު، ރަސްމާލެ މަޝްރޫއާ ގުޅިގެން އިލްމުވެރިންނާއި ސަރުކާރުގެ ތެރޭގައި ބޮޑެތި ކަންބޮޑުވުންތަކާއި ހިޔާލުތަފާތުވުންތަކެއް ވަނީ އުފެދިފައެވެ.