ފީއަލީގައި ބެހެއްޓި ވޯޓު ފޮށި މީހަކު ގެންގޮސްފި
އެމްޑީޕީގެ އިންތިޚާބުގައި ބޭނުންކުރި ވޯޓާސް ލިސްޓުގެ މައްސަލައެއްގައި ފ. ފީއަލީގައި ބެހެއްޓި ވޯޓު ފޮށި މީހަކު ގެންގޮސްފައިވާއިރު، ގދ. ފިޔޯރީގައި ވެސް މީހަކު ވަނީ ވޯޓު ފޮށްޓެއް ފަޅާލާފައެވެ. މި ހަމަނުޖެހުންތަކާ ގުޅިގެން ފީއަލީގައި ވޯޓުލުން މެދުކަނޑާލާފައިވާއިރު، މި އިންތިޚާބުގެ މައްސަލަ ކެންޑިޑޭޓެއްގެ ފަރާތުން މިހާރު ވަނީ ރަސްމީކޮށް ހުށަހަޅާފައެވެ.