ފިޓްނަސް ސެންޓަރުތަކަށް ބޭނުންވާ ސާމާނު ހޯދަން އެއްބަސްވުމެއް
އިންޑިއާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ރާއްޖޭގެ 42 ރަށެއްގެ ފިޓްނަސް ސެންޓަރުތަކަށް ބޭނުންވާ ސާމާނު ހޯދުމަށް ދެ ގައުމުގެ ދެމެދުގައި އެމްއޯޔޫއެއްގައި މިއަދު ވަނީ ސޮއިކޮށްފައި. މި މަޝްރޫއުގެ މަގުސަދަކީ ރަށްރަށުގެ ރައްޔިތުންގެ މެދުގައި ދުޅަހެޔޮ ދިރިއުޅުމެއް އާލާކޮށް، ކުޅިވަރާއި މުނިފޫހިފިލުވުމުގެ ފުރުސަތުތައް ފުޅާކުރުން.