ފިނޭންސް މިނިސްޓަރު ޒަރީރަށް މަޖިލީހުން ރުހުން ދީފި
ފިނޭންސް މިނިސްޓަރުގެ މަގާމަށް އައްޔަނުކުރެއްވި ހަސަން ޒަރީރަށް، ވޯޓުގައި ބައިވެރިވި 49 މެންބަރުންގެ އިއްތިފާގުން ރައްޔިތުންގެ މަޖިލީހުން މިއަދު ރުހުން ދީފިއެވެ. ޓެކްސް އަދި އޮޑިޓް ދާއިރާގެ ތަޖުރިބާކާރު ބޭފުޅެއް ކަމަށްވާ ޒަރީރު މި މަގާމަށް އައްޔަނުކުރެއްވީ ކުރިން އެ މަގާމުގައި ހުންނެވި މޫސާ ޒަމީރު އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ.